ތޮއްޑޫގައި މާރާމާރީއެއް ހިނގާ، އަނިޔާވި މީހާ މާލެ ގެނެސްފި

އއ.ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ. ފުލުހުން ބުނީ އއ. ތޮއްޑޫގައި މާރާމާރީއެއް ހިނގާ އުމުރުން 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. ...

03 Oct 2019 | 12:53

އއ.ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ އއ. ތޮއްޑޫގައި މާރާމާރީއެއް ހިނގާ އުމުރުން 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:30 އެހާކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުންނަށް ތޮއްޑޫއަށް ދިއުމަށް ދަތިތަތަކާއި ކުރިމަތިވި ކަމަށެވެ. އެހެންކަމުން ތޮއްޑޫއަށް ފުލުހުންނަށް ދެވުނީ މިއަދު ހެނދުނު 11:00ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާވި މީހާއށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެކިވަރުގެ އަނިޔާތައް އޭނާއަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ތޮއްޑޫގައި މިހާރު ހަރަކާތްތެރިވަމުން އަންނައިރު އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް