ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަމީން އާއްމުގެ މަގާމާއި ކައުންސިލަ ޖެނެރަލް އަދި ސާޖެންޓް އޮފް އާމްސްގެ މަގާމުގައި މިހާރުވެސް ހުންނެވި ތިން ބޭފުޅުން އިތުރު ދައުރަކަށް ބެހެއްޓުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެ ތިން މަގާމަކީ މަޖިލީހުގެ އަމީން އާއްމުގެ މަގާމުގައި މިވަގުތު ހުންނެވި ފާތިމަތު ނިއުޝާއެވެ. ކައުންސިލަ ޖެނެރަލްގެ މަގާމުގައި ހުންނެވީ ފާތިމަތު ފިލްޒާއާ އަދި ސާޖެންޓް އޮފް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމެވެ. މި ތިން ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބެހެއްޓުމަށް ނިންމަން ވޯޓު ނެގީ ވަކިވަކިންނެވެ. ތިން ބޭފުޅުންގެ ނަންތައް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި59 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަގާމުގެ ތެރެއިން އަމީންއާންމާއި ކައުންސިލަ ޖެނެރަލްގެ އިތުރުން ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ. ނަމަވެސް މި ތިން ބޭފުޅުން މަގާމުގައި ބައިތިއްބުމަށް މި ނިންމީ އެއްވެސް އިއުލާނު ކުރުމެއްވެސް ނެތިއެވެ. އެކަމާއި ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއަކުން މިހާތަނަކަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް