241 ކޮމެޓީއަށް އެންއައިސީ ހާޒިރުކުރުން ފަސްކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރުކުރ...

03 Oct 2019 | 09:24

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރުކުރުމަށް އޮތް ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީ ހާޒިރު ކުރުމަށް ނިންމިއެވެ. އަދި މިއަދު 11:00އަށް ކޮމެޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރިއެވެ. އެ ޖެންޑާގައި ވެސް އޮތީ 241 ކޮމެޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރުމެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން ކެންސަލް ކުރީއެވެ. ސަބަބެއް ނާންގައެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް މިދިޔަ ޖޫން މަހު މަޖިލީހުން ފާސްކުރިއިރު، އެ މައްސަލާގައި އެންއައިސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ރިލްވާންގެ މައްސަލާގައި އެންއައިސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރާއިރު ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށް ދާދިފަހުން އެންއައިސީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް