ޖަލަށް ވައްދާ މަނާތަކެތި ހުއްޓުވުމަށް ވޯކްޝޮޕެއް ފަށައިފި

ޖަލަށް ވައްދާ މަނާތަކެތި ވެއްދުން ހުއްޓުވުމަށް " ޕްރެވެންޓިންގ ކޮންޑްރަބޭންޑް" ގެ ނަމުގައި މިއަދު މާފުށީގައި ވޯކްޝޮޕެއް ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ފައްޓަވައިދެއްވީ ހ...

03 Oct 2019 | 08:03

ޖަލަށް ވައްދާ މަނާތަކެތި ވެއްދުން ހުއްޓުވުމަށް " ޕްރެވެންޓިންގ ކޮންޑްރަބޭންޑް" ގެ ނަމުގައި މިއަދު މާފުށީގައި ވޯކްޝޮޕެއް ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ފައްޓަވައިދެއްވީ ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ އެވެ. މި ވޯކްޝޮޕަކީ ޖަލަށް އެތެރެކުރާ މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެފަދަ ކަންކަމާއި ބެހޭޣޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖަލަށް މަނާ ތަކެތި އެތެރެ ކުރާ މައްސަލައަކީ ޖަލުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، މިއަދުގެ ވޯކްޝޮޕް ނިމޭއިރު މިފަދަ ކަންކަން ހުއްޓުމަށް ކުރެވިދާނެ ކަންތައް ހޯދައި ދެނެގަނެ އެ ކަންކަން ޖަލުގައި ޤާއިމް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައި ހުންނަން ވާނެ ކަމަށެވެ. މިކަމަށް ބޭނުންވާނެ ވަސީލަތްތައް ވީވަރަކުން ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ވޯކްޝޮޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓެން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ވޯކްޝޮޕްގައި ބައިވެރިވާ އޮފިސަރުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް