ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ސަރުކާރުން އެކަނިވެސް މަޖިލީހަށް30 ބިލު ހުށަހަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި48 ބިލެއް ހުށަހެޅިގެންދާނެ ކަމަށެވެ. އޭގެތެރެއިން18 ބިލަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ18 ބިލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދައުރުގައި ހުށަހަޅާ މުހިއްމު ބިލުތަކުގެ ތެރޭގައި:
- ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެންމެ ކުޑަ އުޖޫރައެއް
- ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- އިންކަމް ޓެކްސް ނެގުމުގެ ބިލު
- އިންތިގާލީ އިންސާފުގެ ބިލު
- ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަޖެޓުވެސް ހުށަހަޅާނެ ކަމަށެވެ. އެހެންކަމުން ބިލުތަކުގެ މަސައްކަތްތަކަށްވުރެ ބޮޑަށް އިސްކަން ދެއްވާނީ ބަޖެޓަށް ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް