އިންކަމް ޓެކްސްގެ ނަމުގައި ލިބޭ އާމްދަނީ އިން ނަގާ ޓެކްސް ނަގަން 2023 ވަނަ އަހަރު ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ރޭ އިފްތިތާހުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިން ބުނެފިއެވެ.
"ނޫ އިގްތިޞާދު" ގާއިމުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން، އިންކަމް ޓެކްސް ނަގަން 2023 ވަނަ އަހަރު ފަށާނެ އެވެ.
2023 ވަނަ އަހަރު އިންކަމް ޓެކްސް ނަގަން ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގައި އެކުލަވައިލި ނަމަވެސް، ގިނަ އާމްދަނީ ލިބޭ މީހުންނާއި ބޮޑެތި މުއްސަނދިން އަތުން އަންނަ އަހަރު ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގާނެ ގޮތުގެ ބިލެއް މަޖިލީހަށް ހުށަހަޅައި އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށެވެ.
އިންކަމް ޓެކްސް ނެގުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެމްޑީޕީގެ އެޖެންޑާ19 ގައިވެސް އިންކަމް ޓެކްސް ނެގުމަށް އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ.
ރޭ ރައީސް އިފްތިތާހު ކުރެއްވި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް