ސިންދިތާ އޮފީހުގެ ދެ ތިޖޫރި ފަޅާލައިފި

ސިންދިތާ ކުންފުނިން ހިންގާ ކަލާސް ގުރޫޕް އަދި މަރުހަބާ މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގެ ދެ ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ސިންދިތ...

03 Oct 2019 | 06:23

ސިންދިތާ ކުންފުނިން ހިންގާ ކަލާސް ގުރޫޕް އަދި މަރުހަބާ މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގެ ދެ ތިޖޫރީއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ސިންދިތާ އޮފީހުގެ ދެ ތިޖޫރިއެއް ހަލާކުކޮށްލާ 3000 ރުފިޔާ އާއި 4700 ޑޮލަރު ވަގަށް ނަގައިފައިވާ ކަމަށެވެ.

ސިންދިތާގައި މަސައްކަތްކުރާ މުވައްޒަފަހު ދުވަހަށް މައުލޫމާތު ދެމުން ބުނީ، ތިޖޫރީގައި ހުރި ފައިސާގެ އިތުރުން، އޮފީސް ތެރޭގައި ހުރި ބައެއް ސާމާނު ވެސް ވަގަށް ނަގާފައިވާކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 09:07 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް