އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު މީހުނަށް ފެނަކަ އިން މިލިއަން ރުފިޔާ

މާލޭ ގައި ހިނގި ނުރައްކާތެރު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ. ފެނަކައިގެ މުވައްޒަފުންގެ ފަރާތުން އ...

03 Oct 2019 | 05:39

މާލޭ ގައި ހިނގި ނުރައްކާތެރު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ފެނަކައިގެ މުވައްޒަފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ފައިސާ ބޯޑު ހަވާލުކުރެއްވުން އޮތީ ރޭ ފެނަކަ ކޯޕަރޭޝަން އޮފީހުގައި ފައިސާ ހަވާލުކުރެއްވުމައް ބޭއްވުނު ރަސްމިއްޔާތުގައެވެ.

އެގޮތުން ފައިސާގެ ބޯޑު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ފެނަކައިގެ އިސްބޭފުޅުންނާއި ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއޭ)ގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގާ ދިޔަ އަލިފާނުގެ ޙާދިސާގައި 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭއިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މި ހިތާމަވެރި ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގާ ޖެހިފައެވެ. އެފަރާތްތަކަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހޯދާދީފައެވެ. މިހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެކި ފަރާތްތަކުން ވަނީ ފަންޑު ފޮށިތައް ވެސް ބަހައްޓާފައެވެ. އާންމުންނާއި ސަރުކާރުގެ ފަރާތުންވެސް މި ފަރާތްތަކަށް އަންނަނީ އެކިވަރުގެ އެހީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް