މިއަދު މާލެ އިން ހުޅުމާލެ އަށް ދިޔަ ކާރެއް ހައިވޭ ކޯންތަކުން ނެއްޓިގެން ދާން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު މާލެ އިން ހުޅުމާލެ އަށް ބާރު ސްޕީޑް ގައި ދުއްވާފައި ދިޔަ ކާރެއް، ހައިވޭ ނިމޭ ހިސާބުގައި މަސައްކަތް ކުރަން ޖަހާފައި ހުރި ކޯނުތަކުން ނެއްޓެން އުޅުމުގެ ތެރޭގައި އަރިމަތީ ދަގަނދު ފެންސްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 07:30 ހާއިރުއެވެ.
މި އެކްސިޑެންޓް ގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައި ނުވާ ކަމަށާއި ކާރު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ވެސް އޮންނަ ކަމުގައި ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
މިދިޔަ މަހުގެތެރޭގައި ވެސް ހައިވޭގައި ހުރި ކޯނުތަކެއް ވަޔާ ވިއްސައިގެން ދިއުމުގެ ސަބަބުން އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެފަހަރު އެންމެ ކުރީގައި އިން ކާރު ކުއްލިއަކަށް ބުރަކި ޖެއްސުމުގެ ސަބަބުން ފަހަތުން އައި ދެކާރަށް ކޮންޓްރޯލް ނުވުމުގެ ސަބަބުން ތިން ކާރު ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް