ބޮލީވުޑްގެ ޝެހެންޝާހު އަމީތާބު ބައްޗަން އާއި އޭނާގެ އާއިލާ، އަމީތާބުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އަންނަން އުޅޭ ކަމުގެ ވާހަކަ އަކީ މީގެ ކުރިން ފެންމަތިވެފައިވާ ވާހަކަ އެކެވެ. ނަމަވެސް އެކަން ކަށަވަރު ވެފައެއް ނުވެ އެވެ.
ނަމަވެސް މިހާރު މިވަނީ އެ ހަބަރު ކަށަވަރު ވެފަ އެވެ. އަދި އަންނާނެ ދުވަސްވެސް ކަށަވަރު ވެފަ އެވެ.
މިކަން މީޑިއާއަށް ތިލަ ކޮށްފައިވަނީ އަމީތާބުތެ ވަރަށް ގާތް އެކުވެރި އެކެވެ. އޭނާ ބުނެފައިވަނީ އަމީތާބުގެ އާއިލާ ރާއްޖެ ފުރާނީ މި މަހުގެ 10 ގައި ކަމަށެވެ.
އޭނާ ބުނެފައިވަނީ އެ ދަތުރުގައި އަބީޝޭކް އާއި އައިޝްވާރިޔާވެސް ބައިވެރިވާނޭ ކަމަށާއި އެކަމަށް އެ ދެ ތަރިން ޝޫޓިން ތަކުން ބޮޑު ޗުއްޓީއެއް ނަގާފައި ވާކަމަށެވެ. އަދި އަބީޝޭކާއި އައިޝްވާރިޔާ ރާއްޖެ ދަނީ އެ ދެތަރިންގެ ދަރި އަރަދްޔާވެސް ގޮވައިގެން ކަމަށާއި، އަރަދްޔާ މިހާރު ވަނީ ކާފައަށް ދިނުމަށް ކާޑެއްވެސް ހަދާފައި ކަމަށް އޭނާ ބުނެފައި ވެ އެވެ.
"އެމީހުން ކުރިން ރާއްޖެ ކުރި ދަތުރު އެ އާއިލާއަށް ވަރަށް ކަމުދިޔަ، އަލުން ރާއްޖެ ދާޏް ނިންމީ އެހެންވެ. އެމީހުން ތިބޭނީ ހަމަ ކުރީންވެސް ތިބި ހޮޓަލުގައި (ރިސޯޓުގައި) މި ފަހަރުވެސް އަބީޝޭކް ވަނީ ޔޮޓް ޕާޓީއެއް އެރޭންޖް ކޮށްފައި" މައުލޫމާތު ދިން މީހާ ބުނެފައި ވެ އެވެ.
ޗުއްޓީއިން އެނބުރި އައިސް އައިޝްވާރިޔާ ޝޫޓިން އަށް ރުޖޫއަ ވާނެ އެވެ. އައިޝްވާރިޔާ ޗުއްޓީން އައިސް ފަށާނީ ފިލްމު "ފަންނޭ ޚާން" ގެ ޝޫޓިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް