ސިހުރު ހަދަން ބޭނުންކުރާ ސާމާނުތަކެއް އިހަވަންދޫން ހޯދައިފި

ހއ. އިހަވަންދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބ...

03 Oct 2017 | 10:53

ހއ. އިހަވަންދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން 2017 އޮކްޓޯބަރ އެއް ވަނަ ދުވަހާއި ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލައިފާސްކޮށްގެން ކަމުގައި ފުލުހުން ބުނެ އެވެ.

"އެގޮތުން އެ ދެ ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން އެއް ގެއަކުން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ލިޔެފައިހުރި 32 ފޮތެއްގެ އިތުރުން ސިހުރުހާހޫރަ ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވޭ" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ  ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް