އަނެއްކާވެސް ވޯލް ސްޓްރީޓް ޖާނަލް އިން މިވަނީ އެޕަލްގެ އައު ފޯނު، އައިފޯނު އެކްސް ނުވަތަ އައިފޯނު 10 އަކާއި ބެހޭގޮތުން ރިޕޯޓެއް ޝާއިއު ކޮށްފަ އެވެ.
އެ ރިޕޯޓްގައި ވާގޮތުން އޯއެލްއީޑީ ޑިސްޕްލޭ އާއި އެންއޭއެންޑީ ފްލެޝް އާއި ޑީއާރުއޭއެމް ޗިޕްސް އުފެއްދުމުގައި އެޕަލްއިން ބޭނުންވާވަރަށް ސަޕްލައި ކޮށްދެވޭވަރުގެ ކުންފުންޏަކީ ސެމްސަންގް ގެ ކޮމްޕޮނެންޓް އުފައްދާ ކުންފުންޏެވެ.
އެގޮތުން ވިއްކާ ކޮންމެ އައިފޯނު އެކްސް އަކުން 110 ޑޮލަރު ސެމްސަންގް ކުންފުންޏަށް ލިބޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި އައިފޯނު އެކްސް ވިއްކައިގެން ލިބޭ ފައިދާ އަކީ ގެލެކްސީ އެސް 8 އަށް ކޮމްޕޮނެންޓް އުފައްދައިގެން ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއަކަށް ވާނޭ ކަމުގައިވެސް ވޯލް ސްޓްރީޓް ޖާނަލްގައި ފާހަގަ ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް