މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި 100 އަށްވުރެ ގިނަ ހައްޖުވެރިން މަރުވި ހާދިސާގައި ބިންލާދިން ކޮންސްޓްރަކްޝަން ގްރޫޕްގެ އިހުމާލެއް ނެތް ކަމަށް ސައުދީ ކޯޓަކުން ކަނޑައަޅައިފި އެވެ.
އެ މައްސަލައިގާ ތަހުގީގު ފަށާ ބިންލާދިން ގްރޫޕާއި ދެކޮޅަށް ދައުވާ ކުރަން ފޮނުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިންލާދިން ގްރޫޕްގެ އިހުމާލުން ކަމުގައި ބުނެ އެވެ. ވެއްޓުނު ކެރޭނު ނިސްބަތްވަނީ ބިންލާދިން ގްރޫޕަށެވެ.
ސެޕްޓެމްބބަރު 11، 2015ގައި ހިނގި އެ ހާދިސާގައި 107 ހައްޖުވެރިން މަރުވެ 400 އަށްވުރެ ގިނަ ހައްޖުވެރިން ޒަހަމްވި އެވެ.
ކޯޓުގައި ވަކާލާތު ކުރަމުން ބިންލާދިން ގްރޫޕުގެ ދިފާއީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ގުގުރުމާއި ހޮނުއެޅުންފަދަ ކަންކަމަކީ އެކަމެއް ހިނގާފާނެކަން ކުރީން ބިންލާދިން ގްރޫޕަށްވެސް އެނގިގެންވާ ކަންކަމެއް ނޫން ކަމަށެވެ.
އެ މައްސަލައިގާ ބިންލާދިން ގްރޫޕްގެ އިހުމާލެއް ނެތްކަމަށް ނިންމާފައިވީނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޓުން ބުނެފައ ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް