ބިންލާދިންގެ ދަރި ހަމްޒާ ހޯދަން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އަލްގައިދާގެ ކުރީގެ ލީޑަރު އޮސާމާ ބިންލާދިންގެ ދަރި، ހަމްޒާ ބިންލާދިން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށާއި އެ އޮޕަރޭޝަންގައި އިނގިރޭސި ވިލާތުގެ ސްޕެޝަލް ފޯސެސްގެ ޓީމެއް ހިމެނޭ ކަމަށް އިނގި...

03 Oct 2017 | 03:50

އަލްގައިދާގެ ކުރީގެ ލީޑަރު އޮސާމާ ބިންލާދިންގެ ދަރި، ހަމްޒާ ބިންލާދިން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށާއި އެ އޮޕަރޭޝަންގައި އިނގިރޭސި ވިލާތުގެ ސްޕެޝަލް ފޯސެސްގެ ޓީމެއް ހިމެނޭ ކަމަށް އިނގިރޭސި މީޑިއާއިން ބުނެފި އެވެ.

2011 ގައި ބިންލާދިން މަރާލި ފަހުން ހަމްޒާ އަންނަނީ އަލްގައިދާ ޕްރޮމޯޓް ކުރުމުގައި އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ހަމްޒާ ހޯދަން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ހަމްޒާ ބައިވެރިވަމުން އަންނަ ކަމަށް އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ހަނގުރާމަތަކުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ހަމްޒާ އަކީ އަލްގައިދާ ޖަމާއަތުގެ ލީޑަރު ކަމާ ދާދި އަވަހަށް ހަވާލު ވެދާނެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް