ދިވެހިންގެ މެދުގައި އާއްމު އެއްޗެއް ކަމުގައިވާ ބިލެތް ފަތަކީވެސް އޭގައި ގިނަ ގުނަ ފައިދާއެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން އޭގެން ކުރާ އެއް ފައިދާއަކީ ހަށިގަނޑުގެ ޝަރުބީ ވިރުވާލުމެވެ.
އަވަށްޓެރި އިންޑިއާގައި ބަނޑު ހިންދުމަށާއި ގައިގެ އެތަން މިތާނގައި ޖަހާ ލޮކި މަސްތައް ދުއްވާލުމަށާއި ޝަރުބީ ވިރުވާލުމަށް އެތައް ގޮތަކަށް ބިލެތް ފަތް ބޭނުން ކުރެ އެވެ.
އެގޮތުން އެންމެ ގިނައިން ބޭނުންކުރާ އެއް ގޮތަކީ ބިލެތްފަތާއެކު އަސޭމިރުސް ބޭނުން ކުރުމެވެ. މި "ކޮމްބިނޭޝަން" އަކީ އިންޑިއާގައި ވަރަށް މަގްބޫލު ކޮމްބިނޭޝަނެކެވެ.
ހަދަން ޖެހޭ ގޮތަކީ ރަނގަޅު، ފެހިކުލަ ގަދަ ބިލެތްފަތެއް ހޯދުމަށްފަހު އެ ފަތުގެ ތެރެއަށް ފަސް ވަރަކަށް އަސޭމިރުސް އޮށް ލުމަށްފަހު ހެފުމެވެ. ހަފާން ވާނީ ލަސްލަހުން ކަމަށް މިކަން ކުރާ މީހުން ބުނެ އެވެ. އަދި މިކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ހެނދުނު ހުސްބަނޑާ ހުރެ ކަމަށާއި މިގޮތަށް ހަތަރު ހަފްތާ ވަންދެން މިކަން ކޮށްފި ނަމަ ނަތީޖާ ފެނުމަކީ މުޖައްރިބު ކަމެއް ކަމަށް މިކަން ކުރާ މީހުން ބުނެ އެވެ. ބައެއް މީހުން މި ކަމުގައި ރަހަ ރަނގަޅު ކޮށްލުމަށް މާމުއިވެސް ބޭނުންކޮށް އުޅެތެވެ.
އެމީހުން ބުނާ ގޮތުގައި މި "ކޮމްބިނޭޝަން" އަކީ މަހެއްގެ ތެރޭގައި ހަށިގަނޑުން އަށް ކިލޯ ލުއިކޮށްލަދޭނެ "ކޮމްބިނޭޝަން" އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް