ޓިބެޓުގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ހިންގަނީ --
މީގެ ހަފުތާއެއް ކުރިން ޗައިނާގެ ޓިބެޓާއި ނޭޕާލް ގުޅޭ ސަރަޙައްދު ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއްގައި ސުންނާފަތިވެފައި ވަނިކޮށް ރިކްޓާ މިންގަނޑުން ފަހެއްގެ ބާރުމިނުގައި ބިންހެލުމެއް ޓިބެޓަށް އައިސްފިއެވެ.
ޖަރުމަނުގެ ޖިއޯ ސައިންސް ދިރާސާ މަރުކަޒު (ޖީއެފްޒެޑް) އިން ބުނި ގޮތުގައި މި ބިންހެލުން އައީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މީހަކަށް އަނިޔާއެއް ވީ ކަމުގެ ރިޕޯޓެއް ވަގުތުން ލިބިފައެއް ނުވެއެވެ.
މި ބިންހެލުން އައީ އޮގަސްޓް 26 ވަނަ ދުވަހު ދެ ގައުމު ގުޅޭ ސަރަހައްދުގައި ހުރި ގަނޑުފެނުގެ ފަރުބަދައެއްގެ ބައެއް ވެއްޓި ކޯރެއް ފުރިގެން އަވަށުތެރެއަށް ފެންގަނޑު ކިސަޑާއިއެކުވެ ފައިބައިގެންނެވެ.
މި ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ އަދަދު1،252 އަށް އަރާފައިވާއިރު ޓިބެޓުން މަރުވި މީހުންގެ އަދަދު ވަނީ 21 އަށް އަރާފައި އެވެ. ނޭޕާލުން 4،000 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން ދާއިރު ޓިބެޓުން ގެއްލިގެން ހޯދަމުން ދަނީ 541 މީހުންނެވެ.
ކާރިސާއަށް ފަހު ޗައިނާ ވަނީ ފެނާއި ކުނީގެ ސަބަބުން ހަލާކުވި ޓިބެޓުގެ ގިރޮން ބޯޑަރު ހުރަސް ކުރެވޭ މަގު އަލުން ހުޅުވައި ބޮޑެތި ވެހިކަލްތައް އެންމެ ބޮޑަށް އަސަރުކުރި ސަރަޙައްދުތަކަށް ފުރަތަމަ ފަހަރަށް ވާޞިލުކޮށްފައެވެ. ޗައިނާގެ ދައުލަތުގެ ޓީވީ ސީސީޓީވީން ދެއްކި މަންޒަރުތަކުގައި ހަނި ފަރުބަދަ ވާދީއެއްގައި އެކްސްކެވޭޓަރުތަކާއި ސަލާމަތީ ޓީމުތަކާއި ފެނުމުގެ ކުޅެދުންތެރިކަން ހޯދާ ސާމާނާ އެކު ކުއްތާ ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ތަން ފެނެއެވެ.
ވާރޭ ވެހުމާއި ފަރުބަދަ ގިރުމާއި ބާރަށް ދެމޭ ކޯރުގެ ސަބަބުން ސަލާމަތީ މަސައްކަތްތަކަށް ބޮޑެތި ހުރަސް އެޅިފައިވެއެވެ. ޓބެޓް ޑެއިލީން ސަރުކާރުގެ ބްރީފިންއަކާ ހަވާލާދީ ބުނި ގޮތުގައި އެއްކޮށް ބިމާ ހަމަވެފައިވާ ސަރަޙައްދުގެ އިންސްޕެކްޝަން ޢިމާރާތާއި ޕާކިން ލޮޓުތަކާއި ނިދާ ތަންތަން ވަށައިގެން ވަރަށް ފުން ސަރަހައްދުތައް ސަލާމަތީ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ބެއިޖިން އިން ވަނީ ނޭޕާލަށް ޑީއެންއޭ ދެނެގަތުމުގެ ތަޖުރިބާކާރުންނާއި ވަގުތީ ބެއިލީ ބްރިޖާއި މޯޗަރީ ފްރިޖާއި މުވާޞަލާތީ ސާމާނު ހިމެނޭ ގޮތަށް ކުއްލި އެހީ ފޮނުވާނެ ކަމަށް ވެސް ވައުދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް