ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް
މާލޭގައި މަސައްކަތް ކުރި ފިހާރައިން ވައްކަން ކޮށްގެން ފުރަން އުޅުނު އަވަށްޓެރި ސްރީލަންކާ މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީ ކިޔާ މީހެކެވެ.
އެމީހާ ހައްޔަރު ކުރުމަށް ފަހު މުއްދަތު ޖަހާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ އާއި ދެކޮޅަށް ހުށަހެޅި ހެކިތަކަށް ބަލައި ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި އެވެ.
ކޯޓު އަމުުރުގައިވާ ގޮތުން ފިހާރައިގެ އެ ދުވަހުގެ ސޭލްސް ކަަމަށްވާ 25،000 ރުފިޔާ އާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވެ އެވެ. އަދި ސީސީޓީވީ ފޫޓޭޖުން ފެންނަ މީހާ އަކީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ފިހާރައިގެ އެހެން މުވައްޒަފުން ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
އޭނާ ރާއްޖެއިން ފުރަން އުޅުނުކަން އަންގައިދިނުމަށް ފްލައިޓުގެ ޓިކެޓު ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަދި އެ މީހާ ފިހާރަތެރޭގައި އުޅޭތީ ފެންނަ ވީޑިއޯ ހާދިސާގެ ރިޕޯޓާއި އެކު ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގަ ތުހުމަތުކުރެވޭ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ އެ ތަނުގެ ވަޒީފާ އިން ހާދިސާގެ 10 ދުވަސްކުރިން ވަކިވެފައިވާ ކަމަށެވެ. ހާދިސާ ހިނގިކަމަށް ބުނާ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށްވެސް ދިފާއުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް