މިމަހު 15ގެ ފަހުން ތައިލެންޑުގެ ވިސާ ގަވައިދަށް އަންނަ ބަދަލަށް ސަމާލުވާން ދިވެހިންނަށް އަންގައިފި

މިމަހު 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑުގެ ވިސާ ޕޮލިސީއަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް ސަމާލުވުމަށް އެ ގައުމަށް ދަތުރު ކުރާ ފަރާތްތަކަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. އެ މިނިސްޓ...

03 Sep 2026 | 04:49
ތައިލެންޑުގެ ވެރިރަށް ބެންކޮކް --

ތައިލެންޑުގެ ވެރިރަށް ބެންކޮކް --

މިމަހު 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑުގެ ވިސާ ޕޮލިސީއަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް ސަމާލުވުމަށް އެ ގައުމަށް ދަތުރު ކުރާ ފަރާތްތަކަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލު އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ކަމަށެވެ. އަދި އެ ގަވައިދަށް މިމަހުގެ 15 ދުވަހު އަމަލު ކުރަން ފަށާނެ ކަމަށެވެ.

އެ ގަވައިދުގެ ދަށުން ދެން ދިވެހިންނަށް އޮން އެރައިވަލް ވިސާގައި ތިބެވޭނީ 30 ދުވަހު އެވެ. މީގެ ކުރިން ދިވެހިންނަށް 90 ދުވަހުގެ މުއްދަތަށް ތައިލެންޑުގައި ތިބެވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް 30 ދުވަހު އޮންއެރައިވަލް ވިސާގައި ތިބެވޭ ގޮތަށް ހަމަޖެއްސީ މިނިސްޓަރު އިރުތިޝާމް އާދަމް އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.

އެންމެ ފުރަތަމަ ތައިލެންޑުން މި ގަވައިދު އެކުލަވާލި އިރު ރާއްޖެ ހިމެނެނީ 90 ދުވަހު ތިބެވޭގޮތަށް އޮންއެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ތެރެއިން މުއްދަތު 15 ދުވަހަށް މަދުކުރި ގައުމުތަކުގެ ތެރޭގައި އެވެ. މި ފިޔަވަޅަކީ އޮންއެރައިވަލް ވިސާގެ ބޭނުން ނަހަމަގޮތުގައި ހިފައި ބިދޭސީން ކުށްކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބޮޑެތި ބަދަލުތަކާއި އެކު 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް