މާފުށީ ޖަލުގައި ހުރި ގައިދީއަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދީފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފިއެވެ.
މިކަން ހާމަކޮށް ރައީސް ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފުށިން ކޯލެއް ލިބިފައިވާކަމަށާއި ދެން ޓާގެޓަކީ ރައީސް ނަޝީދުކަމުގައި އެ ކޯލުގައި އިންޒާރު ލިބުނު ކަމަށެވެ.
އެ ކޯލު ލިބުނީ ދާދިފަހުން ސީރިއާއިން އައި ތަނުން ހައްޔަރުކޮށްފައިވާ "ޖިހާދިސްޓެއްގެ" ފަރާތުން ކަމުގައިވެސް އެ ޓްވީޓްގައި ނާޒިމް ސައްތާރު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް އިންޒާރުގެ ކޯލެއް ލިބިފައިވާކަމަށް ބުނެފައިވާއިރު މަރުތަކާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ހާމަކުރި މައުލޫމާތާއެކު، ރިލްވާން ގެއްލުވާލި މައްސަލައިގެ ބަހުސްތަކެއް މަޖިލީސްތެރޭގައިވެސް މި ވަނީ ފަށާފައެވެ.
އެ ކޮމިޝަނުން ހާމަކުރި މައުލޫމާތުގައިވާ ގޮތުގައި ރިލްވާނު ރަހީނުކޮށްގެން ގެންގޮސް ދޯންޏެއްގެ ތެރޭގައި ކަރު ބުރިކޮށް މަރާލީ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް