ސައިކަލެއްގައި ދެމީހަކު ގޮސް ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ، ފިލައިފި

މާލޭގައި މިއަދު ސައިކަލެއްގައި ދެމީހަކު ގޮސް ޓެކްސީ ޑްރައިވަރަކަށް ހަމަލާދިނުމަށްފަހު ފިލައިފިއެވެ. މި ކަން ހިނގާފައިވަނީ މިއަދު ހަވީރު 4:36 ހާއިރު އަލިކިލެގެފާނު މަގުގައެވެ. ފުލުހުން ބުނެފައިވާގޮތުގަ...

03 Sep 2019 | 15:40

މާލޭގައި މިއަދު ސައިކަލެއްގައި ދެމީހަކު ގޮސް ޓެކްސީ ޑްރައިވަރަކަށް ހަމަލާދިނުމަށްފަހު ފިލައިފިއެވެ.

މި ކަން ހިނގާފައިވަނީ މިއަދު ހަވީރު 4:36 ހާއިރު އަލިކިލެގެފާނު މަގުގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީގައި ޑްރައިވަރުގެ ލޯމަތީގައި ޖެހުމުގެ ސަބަބުން ލޯމަތި ރަތްވެފައިވާކަމަށާއި އައި ކާރުގައި ތެޅުމުގެ ސަބަބުން ކާރު ބަނޑިވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް