ޔަޒީދުގެ މަޤާމު ގެއްލޭގޮތަށް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު އިޞްލާހުކޮށް، މަޖިލީހުން ފާސްކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު އިޞްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނަށް ސަ...

03 Sep 2019 | 12:25

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު އިޞްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށައެޅުއްވި ރިޕޯޓްގައިވަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ބޯޑުގެ ހުރިހާ މެންބަރުންގެ މަޤާމު ގެއްލޭގޮތަށެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުން މިއަދު ގެނައި އިޞްލާހުގައި ވަނީ މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙަންމަދުގެ މަޤާމު އެކަނި ގެއްލޭގޮތަށެވެ.

މީގެ އިތުރުން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން، މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައި ކަމަށް ބުނެފައިވެއެވެ. އަދި މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް