މަރު ކޮމިޝަންގެ މެންބަރުންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ ބޮޑު ތިން މަރާ ގުޅޭ ގޮތުން ތަޙުޤީގު ކޮށްފައިވާ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން، ރިޔާސީ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ކޮމިޝަންގެ މެންބަރުންނަށް ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އޮތުމުންނެވެ.
ރައީސް މައުމޫނު، މަރު ކޮމިޝަނުގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބެން ޖެހޭނެ ކަމުގައި ވިދާޅުވީ، ގާނޫނީ ވަކީލަކު ކުރެއްވި ޓްވީޓަކަށް ތާއީދު ކުރައްވަމުންނެވެ. އެގޮތުން ގާނޫނީ ވަކީލު ކުރެއްވި ޓުވީޓްގައި ބުނެފައި ވަނީ، މަރު ކޮމިޝަންގެ ރައީސާއި، އެ ކޮމިޝަންގެ މެންބަރުނަށް ސެކިއުރިޓީގެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އާންމު ކޮށްފައިވާ ރިޕޯޓުގައި، ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ ބޮޑު ތިން މަރާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް