ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ސުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފިއެވެ.
އަޒްމިރަލްދާ އާއި ސުޖޫން އަށް ރުހުން ދިނުމަށް 62 މެންބަރުން ވަނީ ވޯޓު ދީފައެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދިންއިރު، ވަކި ކޮޅަކަށް ވޯޓު ނުދިނީ އެއް މެމްބަރެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އަޒްމިރަލްދާ އަދި ސުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.
ސުޖޫން އަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަޒްމިރަލްދާ އަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް