ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުން، މިއަދަށް ނިންމާލައިފިއެވެ.
މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ނަގާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ހެކިބަހެވެ. އެއަށްފަހު ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބީއެމްއެލްގެ ބޯޑު މެންބަރު މުހައްމަދު ލުވެއިސް އަދި ކުރީގެ މިނިސްޓަރ ޒަމީރާއި، މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަސްވެސް މިއަދު ވަނީ ނަގާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީއެވެ.
މި މައްސަލައިގައި މީގެ ކުރިންް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް