ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަނުން 14 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އާދީއްތަ ދުވަހު ރިލްވާންގެ މައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މަރުތައް ބަލާ ކޮމިޝަނުން ދިން މައުލޫމާތުގައި، ރިލްވާންގެ މައްސަލާގައި 14 މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން އެދިފައި ވާނެ ކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.
އާދީއްތަ ދުވަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލައިގައި މިހާތަނަށް ތަޙުޤީޤަށް ހާމަވެފައި ހުރި ކަންކަން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިކަމުގެ ފަހަތުގައި ވަނީ ހައްދުފަހަނަ އަޅާފައިވާ ދީނީ ޖަމާއަތްތަކެއް ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އެކޮމިޝަނުން ހާމަކުރިގޮތުގައި، ރިލްވާން މިހާރު ވަނީ މަރާލައިފައި ކަމާއި، މަރައިލީ ރަހީނުކޮށްގެން ކަނޑު އުޅަނދެއްގައި ގެންގޮސްގެންނެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 08 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް