މައްކާގެ ހަރަމްފުޅުގައި އޮންނަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއް ކަމަށްވާ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގެ ފަޑިޔާރުކަން ކުރުމަށްޓަކައި ޝެއިޚް ޢިލްޔާސް ޙުސައިން މިއަދު މައްކާއަށް ފުރާވަޑައިގެންފިއެވެ.
މުޙައްރަމް މަހުގެ 8 ން 11 އަށް ކުރިޔަށް ގެންދާ މި މުބާރާތުގައި 103 ގައުމަކުން 146 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިއަހަރު މި ބޭއްވެނީ 41 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތެވެ.
މި މުބާރާތުގައި 2018 ވަނަ އަހަރު، 13 ބައިވެރިއަކު އެކި ވަނަތައް ޙާސިލް ކޮށްފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބައިވެރިއާއަށް 67000 ޑޮލަރުގެ އަގުހުރި އިނާމެއް ދީފައިވެއެވެ.
ޝެއިޚް އިލްޔާސްއަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ރައީސެވެ. އަދި އިލްޔާސަކީ ރާއްޖޭގެ އެންމެ މަތީ ދީނީ އިލްމުވެރިންގެ ތެރެއިން އެއް ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް