ކޮންވެންޝަން ސެންޓަރުގައި ހެދި ޓާޝަރީ ހޮސްޕީޓަލް ސަރުކާރާ ހަވާލުކޮށްފި

އައްޑޫސިޓީ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"ގެ މަސައްކަތް ނިމުމުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހަވާލު ކޮށްފިއެވެ. 100 އެނދުގެ މި ހޮސ...

03 Sep 2019 | 07:32

އައްޑޫސިޓީ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"ގެ މަސައްކަތް ނިމުމުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހަވާލު ކޮށްފިއެވެ.

100 އެނދުގެ މި ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ނިމިފައިވާއިރު، އެ ހޮސްޕިޓަލް ހެދީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. ނަމަވެސް ބައެއް މަސައްކަތް އަދިވެސް ނުނިމި ހުރިއިރު، އެ މަސައްކަތްތައް ނިންމުނުގެ މަސައްކަތް އެލިއާ އިން މިހާރު ދަނީ ކުރަމުންނެވެ.

ކޮންވެންޝަން ސެންޓަރަކީ 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް އެމްޑީޕީ ސަރުކާރުން އެޅި ތަނެކެވެ. އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެތަނުގެ މަސައްކަތް ފެށީވެސް އެސަރުކާރުގައެވެ.

މި ހޮސްޕިޓަލް ހުޅުވާނެ ތާރީޚެއް އަދި ސަރުކާރުން އިއުލާން ކޮށްފައެއް ނުވެއެވެ. މި ހޮސްޕިޓަލުގެ ސަބަބުން އައްޑޫގެ ސިއްޙީ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވަނީ ބުނެފައެވެ. މި މަޝަރޫއަކީ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައުދީ ފަންޑުން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް