އަގުބޮޑު ސާމާނުތަކެއް ވަގަށްނެގި ވަގުކަލޭގެ ހޯދައިފި

މާލޭ ގެއަކުން ވަގަށް ނެގި އަގުބޮޑެތި ސާމާނުތަކެއް ހޯދައިފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިދިޔަ އޯގަސްޓް މަހުގެ27 ވަނަ ދުވަހު މޭޅޭ ގެއަކުން ވައްކަށް ކޮށްގެން، ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށެވެ....

03 Sep 2019 | 06:54

މާލޭ ގެއަކުން ވަގަށް ނެގި އަގުބޮޑެތި ސާމާނުތަކެއް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިދިޔަ އޯގަސްޓް މަހުގެ27 ވަނަ ދުވަހު މޭޅޭ ގެއަކުން ވައްކަށް ކޮށްގެން، ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށެވެ. އަދި އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ބައެއް އެއްޗެހި، މިހާރު ހޯދިފައި ވާކަމަށެވެ. އެގޮތުން އޭސާ ލެޕްޓޮޕް އަކާއި، 13 އިންޗި މެކްބުކް އަކާއި، އައިފޯނެއް ވަނީ ހޯދާފައެވެ.

މި ތަކެތި ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖެއްގެ އެހީގައި ކަމަށާއި، އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މިހާރު ހޯދިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަޙުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް