ބޮޑުވަޒީރު ރަނިލް މަޖިލީހުގައި ތަޤްރީރުކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން، ބޮޑުވަޒީރު ރަނިލް...

03 Sep 2019 | 06:20

ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން، ބޮޑުވަޒީރު ރަނިލް މަޖިލީހުގައި ތަޤްރީރު ކުރެއްވީ މިއަދު ހެނދުނުއެވެ.

ރަނިލް ކުރެއްވި ތަޤްރީރުގައި ލަންކާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަށް ވަނީ އަލިއަޅުއްވާލައިފައެވެ. އެގޮތުން ލަންކާ އާއި ރާއްޖޭގެ ރައްޔިތުންނާއި ދެމެދު އޮންނަ ގާތް ގުޅުމަށް ވަނީ އަލިއަޅުއްވާލައިފައެވެ. އަދި ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރަނިލްގެ ވާހަކަފުޅުގައި، ލަންކާ އަށް ދިން ބޮމުގެ ހަމަލާގެ ވާހަކަތަކަށް ވެސް ވަނީ އަލިއަޅުއްވާލައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ޓެރަރިޒަމްގެ އެފަހަދަ ހަމަލާތައް 25 އަހަރުވަންދެން ލަންކާއިން ތަހައްމަލު ކުރި ނަމަވެސް މިއަހަރު ދިން ބޮމުގެ ހަމަލާއިން ފިލާވަޅެއް ދަސްވެއްޖެ ކަމުގައެވެ. އެފަދަ ހާލަތެއްގައި އަޅަންޖެހޭނެ ފިޔަވަޅުތަކަށް މިހާރު ތިބެނީ ކުރިޔާލައި ތައްޔާރު ވެގެން ކަމަށާއި، އެ ހަމަލާ އަކީ ފުން ހިތާމައެއް ލިބިގެން ދިޔަ ހަމަލާއެއް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ލަންކާގައި ކިޔަވާ ކުދިންނަށް 18 އަހަރު ވަންދެން، އެކުދިންގެ ބެލެނިވެރިންނަށް ގާޑިއަން ވިސާ ދޭނެ ކަމުގައެވެ.

ރާއްޖޭގެ ފަރާތްތަކަށް ލަންކާގައި ގުނަވަން ބަދަލުކުރުމުގެ ހުއްދަ ދިންކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ، އެފަދައިން ހުއްދަ ދިން ފުރަތަމަ ގައުމަކީ ރާއްޖެ ކަމުގައެވެ.

ދެގައުމުގެ މަޖިލިސް އެކުގައި ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިކަން ފާހަގަކުރައްވައި ރަނިލް ވިދާޅުވީ، އެކަމާއި ގުޅިގެން އިތުރަށް މަޝްވަރާ ކުރެއްވުމަށް ލަންކާ މަޖިލީހުގެ މަންދޫބެއްގެ ގޮތުގައި ޕާލިމެންޓު މެމްބަރު ރައުފް ހަކީމް ވަނީ އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ބާނީންނަކީ ރައީސް ސޯލިހާއި، ކުރީގެ ރައީސް ނަޝީދު ކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ރަނިލް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރަނިލް ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނުއެވެ. އެމަނިފާނު ދަތުރުފުޅު ނިންމަވާލާނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް