ލ.ފޮނަދޫގައި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ހައްދުންމަތީ ފޮނަދޫ ކައުންސިލް އާއި، ފުލުހުންނާއި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވަނީ، ފުލުހުންނާއި ކައުންސިލާއި ގުޅިގެން ފޮނަދޫގައި ކުށް މަދުކުރުމަށޤ ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ދެފަރާތުގެ ޚިޔާލުތައް ހޯދައި، މަޝްވަރާ ކޮށްފައެވެ. އަދި ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުނަނާއި، ފުލުހުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކައުންސިލްގެ ހިޔާލު ހޯދާފައިވެއެވެ.
އިއްޔެ ފޮނަދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމަކީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުކަމާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހުސައިން ހަވާލުވެލެއްވުމަށްފަހު، ތައާރަފްވުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
ފޮނަދުއަކީ ލ.އަތޮޅުގެ ހުރިހާ ރަށްރަށުގެ ތެރެއިންވެސް، ކުށްކުރާ ނިސްބަތް އެންމެ ދަށް ރަށްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް