ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ކޮލެޖް ދޫކޮށްލި ސަބަބު ހާމަކޮށްފިއެވެ.
ކޮމެޑީ އެކްޓަރު ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާ ކިޔެވުން ދޫކޮށްލީ މީހުން މާގިނައިން އެކްޓް ކުރަން ކިޔާތީ ކަމަށް ޝްރައްދާ ބުނެފިއެވެ. ޝްރައްދާ ބުނީ، ކުރިންވެސް އެކްޓް ކުރާހިތްވާ ކަމަށާއި، ނަމަވެސް ކިޔެވުން މާ މުހިންމު ކަމުން ކޮލެޖަށް ދާން ފެށީ ކަމުގައެވެ. ނަމަވެސް އެކްޓިންގ ގެ ދާއިރާއަށް ނިކުންނަށް ގިނަ މީހުން އެދެމުންދާތީ ކިޔެވުން ދޫކޮށްލީ ކަމުގައެވެ.
ޝްރައްދާ ކިޔަވަމުން ދިޔައީ ޔޫއެސްއޭގެ ބޮސްޓޮންގައެވެ. ނަމަވެސް މެދުތެރެއިން ޝްރައްދާ ވަނީ ކިޔެވުން ދޫކޮށްލާފައެވެ. ޝްރައްދާ ކޮލެޖް ދޫކޮށްލީ އޮޑިޝަންތަކަށް މާގިނައިން އޮފާ ލިބެން ފެށުމުންނެވެ.
ޝްރައްދާ އެންމެ ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރު ރިލީޒްކުރެވުނު "ޓީން ޕައްޓީ" ނަމަކަށް ކިއުނު ފިލްމެކެވެ. ލީޑް ރޯލަކުން ޝްރައްދާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2011 ވަނަ އަހަރު ނިކުތް ޓީންއޭޖްގެ ލޯބީގެ ފިލްމެއް ކަމަށްވާ "ލަވް ކާ ދި އިންޑް" ނަމަކަށް ކިއުނު ފިލްމަކުންނެވެ. އޭގެ ފަހުން ގިނަ ހިޓް ފިލްމް ތަކަކުން ޝްރައްދާ ވަނީ ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް