ސްވިމިންގ ޕޫލް އެޅުމަށް ބިން ހުސްކުރަނީ!

ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ވައުދުތަކުގެ ތެރެއިން އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސް އެޅުމަށް ބިން ހުސްކުރަން ފަށައިފިއެވެ...

03 Sep 2019 | 05:16

ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ވައުދުތަކުގެ ތެރެއިން އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސް އެޅުމަށް ބިން ހުސްކުރަން ފަށައިފިއެވެ.

ސްވިމިންގ ޕޫލް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރަން ފަށާފައިވާކަމަށް ވިދާޅުވެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ރޭ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

ސްވިމިންގ ޕޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކަށް ކަމެއް، އަދި މި މިކަމަށް ހޭދަވާ ފައިސާގެ ޖުމްލަ އަދަދުވެސް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް