ޓަބާޓާ ވޯކައުޓޭ ބުނީމަ އެއީ ކިހިނެއް ވާ، ކޮން ގޮތަކަށް ކުރާ ކަމެއްކަން ނޭނގިދާނެއެވެ.
މިއީ ޒާތެއްގެ ކަސްރަތެކެވެ. މިއީ ހީޓް ޓްރޭނިންގެ ވައްތަރެކެވެ. މިއީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ވަރުބަލިކޮށްލާ މީހާގެ ހާޓްރޭޓްވެސް މަތިކޮށްލާ ވޯކައުޓެކެވެ.
މަތީގައި އެ ވާ ފޮޓޯގައި އެވަނީ ހިރާގީ ސެންސެއި ނަމަކަށް ކިޔާ ޖަޕާނު މީހެކެވެ. ހަމަ އެކަނި ޓަބާޓާ ވޯކައުޓް ޖައްސައިގެން ފަސް މަސް ދުވަހުގެ ތެރޭގައި 13 ކިލޯ އޭނާ ވަނީ ލުއިކޮށްލާފައެވެ. ހަމަ އެކަނި ބަރުދަން ލުއިކޮށްލީކީ ނޫނެވެ. ހިކެން މަސައްކަތް ފެށި އިރު ބަނޑުގައި ހުރި އެއް ގޮޅި މިހާރު ވަނީ "ސިކްސް ޕެކްސް" އަށް ބަދަލުކޮށްލާފައެވެ.
މި ޒުވާނާ ހިޔާރު ކުރީ ޓަބާޓާގެ ހަތަރު މިނެޓުގެ ވޭރިއޭޝަނެކެވެ. ހަމަ އެންމެ ދުވަހެއް ދޫކޮށްނުލާ ކޮންމެ ދުވަހަކު ފަސް މަސް ވަންދެން އެ ކަސްރަތު ކުރި ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހިސާބުން ހަތަރު މިނެޓުގެ ޓަބާޓާ ވޯކައުޓެއްގެ ވީޑިއޯއެއް ހިއްސާކޮށްލާނަމެވެ.
https://www.youtube.com/watch?v=aUYRVSNz_VY
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް