ޕީޖީ ލީޑަރުންނަށް އެރުވި ރިލްވާން މައްސަލައިގެ ޑްރާފްޓް ކޮޕީތައް އަތުލައިފި

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ބެހޭގޮތުން އާދީއްތަ ދުވަހު ހާމަކުރެއްވި މައ...

03 Sep 2019 | 05:01

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ބެހޭގޮތުން އާދީއްތަ ދުވަހު ހާމަކުރެއްވި މައުލޫމާތުތައް ހިމެނޭ ޑްރާފްޓް ކޮޕީ ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް އެރުއްވުމަށްފަހު އަތުލައިފިއެވެ.

މި ރިޕޯޓުގެ ކޮޕީ މަޖިލީހުގެ ޕީޖީ ލީޑައުންނަށް އިއްޔެ އެރުއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، އެ ރިޕޯޓު ޕީޖީ ލީޑަރުންނާއި ހިއްސާކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަތުލައިފައެވެ. އެ ރިޕޯޓު އަތުލުމަށްފަހު މެމްބަރުންނަށް ޚުލާސާ ރިޕޯޓެއް ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މަރުތައް ތަހުޤީގުކުރުމަށް ރައީސް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވަނީ ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް