ގެއަކަށްވަދެ 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

މާލެ އަތޮޅު ރަށެއްގައި ގެއަކަށްވަދެ 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޭ އިރުއޮއްސުނު ހާއިރު މ...

03 Sep 2019 | 03:52

މާލެ އަތޮޅު ރަށެއްގައި ގެއަކަށްވަދެ 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޭ އިރުއޮއްސުނު ހާއިރު މި ހާދިސާ ހިނގާފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ގޭގެ ސިޓިން ރޫމުގައި އެކަނި އިން ވަގުތެއްގައެވެ. ހަޑި ހުތުރު ނުބައި މި އަމަލު ހިންގާ ބިދޭސީ މީހާއަކީ އެ ގެއަށް ފާއިތުވި ފަސް ވަރަކަށް އަހަރުވެސް އާންމުކޮށް ގޮސް އުޅޭ ބިދޭސީއެއް ކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭރު އެ ކުއްޖާގެ މަންމަ އޮތީ ކުޑަ ކުއްޖަކު ނިންދަވަން ކޮޓަރީގައެވެ. ބިދޭސީ އެ މީހާ ގަދަކަމުން 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފެށުމުން ދުވެފައި ކޮޓަރިއަށް ގޮސް އޭނާގެ މަންމަގެ ގާތުގައި އެ ވާހަކަ ބުނުމުން ބިދޭސީ މީހާ ދުވެފައި ފިލަން މަސައްކަތް ކުރިއެވެ.

ނަމަވެސް އެ އަންހެން ކުއްޖާގެ ބައްޕަ ފަހުން އެ ބިދޭސީ މީހާ ހޯދައި އާންމުންގެ ބައެއްގެ އެހީތެރިކަމާއެކު އަތުލައިގަތެވެ. އަދި ފުލުހުންނާއި ހަވާލުކުރިއެވެ.

އެ ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެ އަންހެން ކުއްޖާގެ ބަޔާން ފުލުހުން ނެގި އިރުވެސް ބިދޭސީ މީހާ ހައްޔަރުކޮށްފައި ނުވާކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެ ބިދޭސީ މީހާއަކީ ސިޔާސީ ވަރުގަދަ މީހެއްގެ ޑުރައިވަރެއް ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ.

މިކަމުގައި ފުލުހުންގެ ރަސްމީ ކޮމެންޓެއް ހޯދާލަން މިހާރު ވާނީ ރިކުއެސްޓް ކޮށްފައެވެ. ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް