ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް، ކަސްޓަމްސުން އަތުލައިގެންފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ކަސްޓަމްސުން ބުނެފައިވާގޮތުގައި އިއްޔެ ވައިގެ މަގުން ސްރީލަންކާގެ ކޮލޮމްބޯއަށް ބޭރުކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސުން ވަނީ އަތުލައިގެންފައެވެ.
އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗައް ޝައްކުކުރެވޭ 99 ގުޅަ (ބަރުދަނުގައި 38.16 ގްރާމް) ފެނިފައިވާއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 79،200 (ހަތްދިހަ ނުވަހާސް ދުއިސައްތަ) ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.
ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީ އަށް ވަނީ ޕޮސިޓިވް ވެފައި ކަމުގައިވެސް ކަސްޓަމްސުން ބުނެފައިވެއެވެ. އެކްސްޓަސީ އަކީ ޕާޓީ ޑްރަގްސްގެ ބާވަތަކެވެ.
އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް