އަމީތާބު ކޯވިޑުން ރަނގަޅުވެއްޖެ، އަބީޝެކް ޓެސްޓުގެ ނަތީޖާ އަދިވެސް ޕޮސިޓިވް!

ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އަމީތާބު ބައްޗަން ބަލިން ރަނގަޅުވެއްޖެ އެވެ. އަމީތާބުގެ އުމުރުން މިހާރު 77 އަހަރެވެ. އޭނާއަށް ކޯވިޑް ޖެހިގެން މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލް...

03 Aug 2020 | 08:15

ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އަމީތާބު ބައްޗަން ބަލިން ރަނގަޅުވެއްޖެ އެވެ.

އަމީތާބުގެ އުމުރުން މިހާރު 77 އަހަރެވެ. އޭނާއަށް ކޯވިޑް ޖެހިގެން މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

އަމީތާބަކީ އެ އާއިލާއިން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވި މީހާއެވެ. އޭގެ ފަހުން ހެދި ޓެސްޓު ތަކުން ދަރިފުޅު އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން އަދި އެ ދެމަފިރިންގެ ދަރިފުޅު އަރާދްޔާ ބައްޗަން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

އެ އާއިލާއިން ކޯވިޑަށް ޕޮސިޓިވް ނުވަނީ އަމީތާބުގެ އަންހެނުން ޖަޔާ ބައްޗަން އެކަންޏެވެ.

އާއިލާއިން ޕޮސިޓިވްވި މީހުންގެ ތެރެއިން އައިޝްވާރިޔާ އާއި އަރާދްޔާ ވަނީ ބަލިން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފައި އެވެ. އަދި އިއްޔެ އަމީތާބު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަދިވެސް އަބީޝެކް ބަލިން ރަނގަޅު ނުވާކަމަށް އޭނާ ބުނެ އެވެ.

އަބީޝެކް ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ އެންމެ ފަހުން ހެދި ކޯވިޑް ޓެސްޓުގެ ނަތީޖާ އަދިވެސް ދައްކަނީ ޕޮސިޓިވް ކަމަށް ކަމަށެވެ. އެހެންވެ އަދިވެސް ފަރުވާ ހޯދަމުންދަނީ ހޮސްޕިޓަލުގައި ކަމަށެވެ.

އަބީޝެކް ވަނީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ މެސެޖުތަކަށް ޝުކުރުއަދާކޮށް ކޯވިޑާއި ދެކޮޅަށް އޭނާ ހިތްވަރާއި އެކު ހަނގުރާމަ ކުރާނެ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް