އަހަރެން އުފަންވީ ތިބާއަށްޓަކައެވެ. އަހަރެންގެ ޒިންމާއަކީ ތިބާއަށް ޚިދުމަތް ކުރުމެވެ. ތިބާއަށްވުރެ ރީތި ފުރިހަމަ އެއްވެސް އެއްޗެއް އަހަރެން މިދުނިޔެމަތިން ނުދެކެމެވެ. އެއްވެސް މީހަކީ ހުރިހާކަމެއް މިލްކުވެފައިވާ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އަހަރެމެންނަށް ސަލާމަތުގެ އައްސޭރިއަކަށް އާދެވެނީ ގުޅިގެން ހިއްވަރާއި އެކު ކުރެވޭ މަސައްކަތުންނެވެ.
އަހަރެންނަކީ އުފާވެރި ވަގުތުތައް ތިބާއާއިއެކު ހޭދަކޮށްފައި ދަތިކަމާއި މުސީބާތުގެ ވަގުތުގައި ތިބާދޫކޮށް ފިލާރައްކާވާނެ ދެފުށްދެގޮތް މީހަކަށް ނުވާނެއެވެ. އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށް ނޫނެވެ. މީހުން ކިޔައިފާނެ އެއްޗަކަށް ނުބަލަމެވެ. އެއީ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލުހަޔާއި އުއްމީދުގެ އަލިކަމެއް އަހަރެންނަށް ފެނުނެވެ. ޤައިދެއްގައި ބަންދުވެ އޭގެ އެންމެ ހިތްދަތި ވަގުތުގައިވެސް އަހަރެން ތިބާ އާއި އެކުގައި ވާނީ އިންސާފު ހޯދަން މަސައްކަތް ކޮއްފައެވެ.
ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިޔުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ޚިދުމަތުގައި އުފުލަންޖެހުނު ކޮންމެ ކަމެއްގައި މި ކުރިމަތި ލަނީ ލޯބީގެ ހައްޤުގައެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ޤައުމެވެ. ދިވެހިރާއްޖެއެވެ.
----
ނޯޓް: މިއީ ނިމިދިޔަ ޖުލައި މަހުގެ ހަ ވަނަ ދުވަހު، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ކުރެއްވި ޓްވީޓެއްގައިވާ ލިޔުންކޮޅެކެވެ. މި ލިޔުންކޮޅު ނަކަލުކޮށްފައިމިވަނީ އަކުރަކަށް އަދި ފިއްޔަކަށްވެސް އުނިކަމެއް ގެނައުމެއް ނެތިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް