ޤައުމީ ޓީމްގެ މެޗްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ތިން މަހަށް މެސީ ސަސްޕެންޑު ކޮށްފި

ޤައުމީ ޓީމުގެ މެޗުތަކުގައި ބައިވެރި ނުވެވޭގޮތަށް ތިން މަހަށް އާޖެންޓީނާގެ ޤައުމީ ޓީމުގެ ކެޕްޓަން ލަޔަނަލް މެސީ ސަސްޕެންޑު ކޮށްފިއެވެ. މެސީ ސަސްޕެންޑް ކޮށްފައިވަނީ މި އަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓުބޯ...

03 Aug 2019 | 11:09

ޤައުމީ ޓީމުގެ މެޗުތަކުގައި ބައިވެރި ނުވެވޭގޮތަށް ތިން މަހަށް އާޖެންޓީނާގެ ޤައުމީ ޓީމުގެ ކެޕްޓަން ލަޔަނަލް މެސީ ސަސްޕެންޑު ކޮށްފިއެވެ.

މެސީ ސަސްޕެންޑް ކޮށްފައިވަނީ މި އަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ދެކުނު އެމެރިކާ ފުޓުބޯޅައިގެ މައި އިދާރާ "ކޮންމެބޮލް" އަށް ބޮޑެތި ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. ކޮމްމެބޮލް އަކީ ކޮރަޕްޓް އިދާރާއެއް ކަމަށާއި އެ އިދާރާއިން އުޅެނީ ބްރެޒިލަށް މުބާރާތް ކާމިޔާބު ކޮށްދޭން ކަމަށް މެސީ ބުނެފައިވެއެވެ.

އެ ސަސްޕެންސަނާއެކު މެސީއަށް ޖޫރިމަނާއެއްގެ ގޮތުގައި 50 ހާސް ޑޮލަރު ދައްކަން ޖެހޭނެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ އަށް އައި ސަސްޕެންޝަން އާ ގުޅިގެން ކުރިއަށް އޮތް ތިން މަހު އާޖެންޓީނާ ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ ތިން މެޗެއް ގެއްލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް