ވަޑައިގެންނެވި ޓަގު ބޯޓުގައި އަދީބު އަނބުރާ ފޮނުވާލައިފި !

ޓަގު ބޯޓެއްގައި އިންޑިއާއަށް ވަގަށް އެތެރެވާން އުޅުނު، ރާއްޖޭގެ ކުރީގެ ނައިބު ރައީސް، އިންޑިއާއަށް ވަގަށް އެތެރެވާން އުޅުނު ޓަގު ބޯޓުގައި އަނބުރާ ރާއްޖެ ފޮނުވާލާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯ...

03 Aug 2019 | 03:12

ޓަގު ބޯޓެއްގައި އިންޑިއާއަށް ވަގަށް އެތެރެވާން އުޅުނު، ރާއްޖޭގެ ކުރީގެ ނައިބު ރައީސް، އިންޑިއާއަށް ވަގަށް އެތެރެވާން އުޅުނު ޓަގު ބޯޓުގައި އަނބުރާ ރާއްޖެ ފޮނުވާލާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ދަ ނިއިން އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަމަ އެ ބޯޓުގައި އަދީބު މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި އޮފިޝަލުންތަކެއްވެސް އެ ބޯޓުގައި އަދީބާއެކު ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެއީ ރާއްޖޭގެ އޮފިޝަލުންތަކެއް ކަމެއް ނުވަތަ އިންޑިއާގެ އޮފިޝަލުން ތަކެއް ކަމެއް ބުނެފއެއް ނުވެއެވެ.

އަދީބު އަނބުރާ ފޮނުވާލާފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަދީބާއި ހަވާލުވާނީ ދިވެހި ކޯސްޓްގާޑުން ކަމުގައިވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މީގެ ދެ ދުވަސް ކުރިން "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގައި އަދީބު، ވަގަށް އިންޑިއާއަށް އެތެރެވާން އުޅުނީ އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ފަޅާ އަރުވާލީ އެ ބޯޓުގެ ފަޅުވެރިއެކެވެ. ކަނޑުމަތިން އަދީބު ހިފެހެއްޓުމުން އަދީބުގެ ބައިނަލް އަގްވާމީ ލޯޔަރުން ވަނީ އަދީބަށް އިންޑިއާގެ ސިޔާސީ ހިމާޔަތް ދިނުމަށް އެދިފައެވެ. ނަމަވެސް އެ ހިމާޔަތް އިންޑިއާއިން ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް