އިންޑިއާއިން އަދީބަށް ހިމާޔަތެއް ނުދިން، ކަނޑުމަގުން އަނބުރާ ރާއްޖެ ފޮނުވާލަނީ !

ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރި، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް ސިޔާސީ ހިމާޔަތް ނުދިނުމަށް އިންޑިއާއިން ނިންމައިފި...

03 Aug 2019 | 01:53

ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރި، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް ސިޔާސީ ހިމާޔަތް ނުދިނުމަށް އިންޑިއާއިން ނިންމައިފިއެވެ.

އެކަން އިންޑިއާގެ ބައެއް އޮފިޝަލުން، އިންޑިއާގެ ބައެއް ނޫސްތަކަށް ކަށަވަރު ކޮށްދީފައިވެއެވެ.

ނަމަވެސް އަދީބު އަނބުރާ ރާއްޖެ ފޮނުވާލަނީ ކަނޑުމަގުން ކަމެއް ނުވަތަ މަތިން ކަމެއް އަދި ރަސްމީ ސިފައެއްގައި ސާފުވެފައެއް ނުވެއެވެ.

އެހެން ނަމަވެސް އަދީބުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ކަނޑު ބޯޓެއްގައި އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ ދަތުރު މިހާރު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން އަދީބާއި ހަވާލުވަނީ އެމްއެންޑީއެފުން ކަމަށްވެސް އެ ފަރާތްތަން ބުނެފައިވެއެވެ.

އަދީބު އަނބުރާ ރާއްޖެ ފޮނުވާލަން އިންޑިއާއިން ނިންމީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށް ކަމުގައިވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އަދީބަށް ސިޔާސީ ހިމާޔަތް ނުދޭން އިންޑިއާއިން ނިންމިކަން ކަށަވަރު ވި ނަމަވެސް، ކަނޑުމަގުން އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ތޫތުކުޑި ބަނދަރަށް އަދީބު ދިޔައީ "ވާރގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައެވެ. އަދީބު އެ ބޯޓުގައި ހުރިކަން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ފަޅާ އަރުވާލީ އެ ބޯޓުގެ ފަޅުވެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް