އެންމެ ރީތި ޖޯޑުގެ ޓައިޓަލް އަލީ ފަޒާލު އާއި ރިޗާ އަށް

އެންމެ ރީތި ޖޯޑުގެ ޓައިޓަލް އަލީ ފަޒާލު އާއި ރިޗާ ޗައްދާ އަށް އެވޯޑް ހަފްލާއެއްގައި ދިނުމާ ގުޅިގެން އެކަމާ އުފާކުރާކަމަށް ދެ ތަރިން ބެނެފިއެވެ. ދެތަރިންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެ...

03 Aug 2018 | 11:15

އެންމެ ރީތި ޖޯޑުގެ ޓައިޓަލް އަލީ ފަޒާލު އާއި ރިޗާ ޗައްދާ އަށް އެވޯޑް ހަފްލާއެއްގައި ދިނުމާ ގުޅިގެން އެކަމާ އުފާކުރާކަމަށް ދެ ތަރިން ބެނެފިއެވެ. ދެތަރިންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، ދެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން މާބޮޑަށް މީޑިޔާއަކަށް ނުދައްކައެވެ.

އެންމެ ރީތި ޖޯޑުގެ ޓައިޓަލް ލިބިގެންދިޔުމުން ، ރިޗާ ބުނީ އެ ޓައިޓަލް ދޭން ބަޔަކު ނިންމުމުން އެކަމާ އުފާކުރާކަމުގައެވެ. " މި ޓައިޓަލް ހަޔާތުގެ އެންމެ މުހިންމު މީހާއާއެކު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދިޔުމުން އުފާވޭ." ރިޗާ ބުންޏެވެ.

ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އޮންނަކަމަށް ބުނެ މީހުން ވާހަކަދައްކާތާ ދުވަސް ތަކެއް ފަހުން ލޯބީގެ ގޮތުން ދެމީހުން ގުޅިގެން އުޅޭކަމަށް އިއުލާންކުރީ މިއަހަރުގެ މާރޗްމަހު އަލީ ފަޒާލު އިންސްޓަރގްރާމުގައި ކުރި ޕޯސްޓަކާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް