ފެބްރުވަރީ 7، 2012 އާއި ގުޅިގެން ހިނޖގު ފަދަ ތަކުރާރުވިޔަ ނުދިނުމަށް އަލާފައިވާ ފިޔަވަޅުތަކާއި ގުލޭ ގޮތުން ސުވާލު ކުރަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މަޖިލީހަށް މިއަދު ހަށަހަޅައިފިއެވެ.
މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
އެ ގޮތުން އެކަން މަޖިލީހަށް ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ކުރީ ރޭގައި ޣައިރު ގާނޫނީ އަމުރު ކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ ހަމަނުޖެހުންތައް ހިނގި ކަމަށެވެ.
އެ ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް، މިނިސްޓަރު އިމްރާނާ ޖާބިރު ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ސުވާލު ކަމަށް ހުށަހެޅުއްވުމުގައި ހިމަނުއްވާފައި ވަނީ މިފަދަ ކަމެއް ފުލުހުންގެ ތެރޭގައި ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައި ކަމާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައި ކަމެވެ.
މިނިސްޓަރު އިމްރާން ހާޒިރު ކުރަން ޖާބިރު ހުށަހަޅުއްވާފައިވާއިރު، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުގެނެސް ފުލުހުން ޕާކިން ސްޓިކާ ޖަހަމުންދާ މައްސަލައާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ކުރަން ވެސް ޖާބިރު ވަނީ ހުށަހަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް