ރޯގާތައް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއީން އިލްތިމާސްކޮށްފި

ރާއްޖޭގައި މިދުވަސްވަރު އެކި ބާވަތުގެ ރީގާތައް ފެތުރެމުންދާތީ އެކަންތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. މިކަން ހާމަކުރައްވާ އެ އިދާރާއިން ނެރުނު ނޫސް ...

03 Jul 2019 | 09:32

ރާއްޖޭގައި މިދުވަސްވަރު އެކި ބާވަތުގެ ރީގާތައް ފެތުރެމުންދާތީ އެކަންތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އަރިދަފުސް ރޯގާއާއި ވައިރަލް ހުން އާދަޔާއި ޚިލާފަށް ފެތުރެމުންދާ ކަން އެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި މި  އަހަރުގައި ފާއިތުވެދިޔަ ދުވަސްތަކާއި ބަލާފައި އިންފިލުއެންޒާޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބޭފުޅުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ އެފަދަ ކަންތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައްވެސް އެ ބަޔާނުގައި ފާހަގަކޮށްފައެވެ.

  • ކިނބިހި އަޅާ އިރު އަނގަ އާއި ނޭފަތުގައި ރުމާލެއް ނުވަތަ ޓިޝޫ އެއް ފަދަ އެއްޗެއް އެޅުން
  • ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރު ކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވުން
  • ރޯގާޖެހި ކެއްސާ ނަމަ، އޮފީސް ސްކޫލް އަދި މީހުން އެއްވާ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން
  • ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި އަރާމު ކުރުން
  • ހުންއައިސް ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ބޭނުން ނުކުރުން
  • ހުންއައިސް ރޯގާ ޖެހި ތިން ދުވަހަށްވުރެ އިތުރު ވާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން
  • ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން، ސް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުނާއި ދޮށީ މީހުން ވެކްސިން ޖެހުން
  • ޑޮކްޓަރަށް ދައްކާނަމަ ބަލި މީހާއާއާއެކު ވީހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުން

ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ އަދަދު އިތުރުވެ އައިޖީއެމްއެޗްގައި ފްލޫ ކްލިނިކުގެ ހިދުމަތް ވެސް މި ހަފްތާގައި ވަނީ ފަށާފަ އެވެ. އެ ކްލިނިކުގެ ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 12:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް