ބުރިޖު ހެދިއިރު މޫދަށް ކުންޏާއި ދަގަނޑު އެޅިފައިވާތީ ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފި

ސިނަމާލެ ބުރިޖު ހެދިއިރު މޫދަށް ކުންޏާއި ދަގަނޑު ފަދަ ތަކެތި އެޅިފައިވާތީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ. އީޕީއޭ އިން އެ މިނިސްޓްރީ މި...

03 Jul 2019 | 08:09

ސިނަމާލެ ބުރިޖު ހެދިއިރު މޫދަށް ކުންޏާއި ދަގަނޑު ފަދަ ތަކެތި އެޅިފައިވާތީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

އީޕީއޭ އިން އެ މިނިސްޓްރީ މިއަދު ޖޫރިމަނާކޮށްފައި ވަނީ 8.9 ލައްކަ ރުފިޔާއިންނެވެ.

އީޕީއޭ އިން ބުނީ، 2016 ވަނަ އަހަރުގެ މާޗު މަހުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބުރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަން ކަށަވަރުކުރެވުމުން، އެމްއެންޑީއެފް މެދުވެރިކޮށް ކުރި ތަހުލީލުތަކުން، އެސަރަހައްދުގެ ކަނޑު އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނީގެ ގޮތުގައި އުކާލާފައިވާކަމަށެވެ.

އީޕީއޭ އިން އިތުރަށް ބުނެފައި ވަނީ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ޖޫރިމަނާކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް