ރޭގެ ވަގުތެއްގައި ގދ. ރަތަފަންދޫގައި 44 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގާ ޝައްކު ތަކެއް އެކުލެވޭތީ ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެން މީހާ މަރުވެފައިވާކަމުގެ މައުލޫމާތު އެ ރަށު ހެލްތު ސެންޓަރުގެ ފަރާތުން ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:44 ހާއިރުގައެވެ.
"މި އަންހެންމީހާ ހެލްތު ސެންޓަރަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް، އެ ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން މި މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު މިކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް