ބޯކޮށް ވާރޭ ވެހި މުމްބާއީ އަށް ބޮޑެތި ގެއްލުންތަކެއްވެ، 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑީއާގެ މުމްބާއީ އަށް ބޯކޮށް ބާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމުގެ ސަބަބުން އިއްޔެ މުމްބާއީގެ އެކި ސަރަހައްދުތަކު...

03 Jul 2019 | 05:17

އިންޑީއާގެ މުމްބާއީ އަށް ބޯކޮށް ބާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހި، ވައި ގަދަވުމުގެ ސަބަބުން އިއްޔެ މުމްބާއީގެ އެކި ސަރަހައްދުތަކުގައި ހުރި ބާ އިމާރާތްތައް ވަނީ ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އިއްޔެ ވަނީ ވައިގެ އުޅަނދުތަކާއި، ރޭލު ދަތުރުތައްވެސް މެދުކަނޑާލާފައެވެ. މީގެ އިތުރުން އޮފީސްތަކާއި ސުކޫލުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި، މުމްބާއީގެ މަލާޑް ސަހަރައްދުގައި ހުރި އިމާރާތެއް ވެއްޓި 21 މީހުން މަރުވެފައިވެއެވެ. މީގެއިތުރުން ކަލްޔާން ނަމަކަށް ކިއުނު ސަރަހައްދުގައި ހުންނަ ސުކޫލެއްގެ ފާރެއް ވެއްޓި 3 މީހަކު މަރުވެފައި ވެއެވެ. ޕޫނޭ ގައި ވެސް ދުވަސްވީ ބާ އިމާރާތެއް ވެއްޓި 15 މީހަކު މަރުވެފައި ވާކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.

މުމްބާއިގެ މަގުމަތީގައި ދިރިއުޅޭ ހާހަކަށް ވުރެ ގިނަ މީހުން ވަނީ މި ތޫފާނުން ސަލާމަތްކޮށްފައެވެ. އަދި ގެދޮރަށް ފެންވަދެ ނޫޅެވޭވަރުވެފައިވާ އާއިލާތަކަށް މުމްބާއީ ޕޮލިހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

14 އަހަރަށްފަހު އިންޑިއާއަށް އިއްޔެ އެވަރަށް ވިއްސާރަ ކުރި މީ ފުރަތަމަ ފަހަރެވެ. ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ވާކަމަށް އިންޑިއާގެ އިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް