ކޮކާ ކޯލާ ކުންފުނިން ވޯލްޑްކަޕް ބަލަން ރަޝިއާއަށް ގެންދިޔަ ދެވަނަ ގްރޫޕު މެޗު ބަލަން ތައްޔާރުވެއްޖެ އެވެ.
މިމަހުގެ އެއް ވަނަ ދުވަހު ދުވަހު ރަޝިއާއަށް ދިޔަ އެ ޓީމު ބެލުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ގައި އިންގްލޭންޑާއި ކޮލަމްބިއާ ކުޅޭ މެޗެވެ. ދިވެހި ޓީމު މިހާރު ދަނޑަށް ގޮސްފައިވާއިރު އެމީހުން ތިބީ ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން ރަތް ކުލައިގެ ޓީޝާޓު ލައިގެން ދިވެހި ދިދަ ހިފައިގެންނެވެ.
މި ޓީމުގައި 20 މީހަކު ދިޔަ އިރު އޭގެ ތެރޭގައި ހިމެނެނީ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންގެ ތެރެއިން ބައެއް މީހުންނާއި ނޫސްވެރިންނާއި، ކޯކާ ކޯލާގެ ޕާޓްރަނުންނެވެ. ކޮކާ ކޯލާ ކުންފުނިން ބުނީ މި މީހުންނަށް މެޗު ބެލުމަށް ޓިކެޓު ނަގާފައިވާނީ ރަނގަޅަށް މެޗު ފެންނާނެ ފަދަ ރަނގަޅު ހިސާބަކުން ކަމަށެވެ.
"ވޯލްޑް ކަޕް ފިއެސްޓާ" ގެ ނަސީބުވެރިންގެ ގޮތުގައި ވޯލްޑް ކަޕް ބަލަންދާން ފުރުސަތު ލިބުނު މީހުންނަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތުވެސް ކޮކާ ކޯލާ ކުންފުނިން ވަނީ ދީފަ އެވެ.
މިރޭގެ މެޗު ބެލުމަށް ފަހު މާދަމާގެ ވަގުތެއްގައި އެމީހުން އެނބުރި ރާއްޖެ އަންނާނެ އެވެ. މެޗުގެ ކުރިން ކޮކާކޯލާއިން ވަނީ މި ޓީމަށް ރަޝިއާގެ އާސާރީ، މުހިންމު ތަންތަނުގެ ޓުއާއެއް ދީފަ އެވެ. މި ދަތުރުގެ ބައިވެރިންގެ ހުރުމާއި ކެއުމާއި ހުރިހާ ކަމެއް ހަމަޖައްސައިދީފައިވަނީ ކޮކާ ކޯލާ ކުންފުނިންނެވެ.
ކުރީގެ އަހަރުތަކުގައި ވެސް، ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް