އޭޑީކޭގެ ހިދުމަތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލޭ ގޮތް ހަދައިފި

އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް ޓޯކަން ނަމްބަރާއި ޑޮކްޓަރުންގެ ޑ...

03 Jul 2018 | 09:23

އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް ޓޯކަން ނަމްބަރާއި ޑޮކްޓަރުންގެ ޑިއުޓީ އާއި ސިއްހީ މައުލޫމާތުތައް އޮޅުން ފިލުވޭނެ ކަމަށެވެ. އެ ހިދުމަތް ލިބެނީ ފޭސްބުކް މެސެންޖާ، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށެވެ.

އެ އެޕްތަކުން "އާސްކްއޭޑީކޭ" އަށް ގޮސް މެސެޖު ބައިގަ ސުވާލު ކުރުމުން އެމީހަކު ކުރާ ސުވާލަކަށް ވަގުތުން ޖަވާބު ދެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިދިޔަ އޭޕްރިލް މަހު އެ ހޮސްޕިޓަލުން ވަނީ ކައުންޓަރުތަކަށާއި ޑޮކްޓަރުންގެ ކޮޓަރިތަކުގައި އެވަގުތަކު ބަލަމުންދާ ޓޯކަން ނަމްބަރެއް އޮންލައިންކޮށް ބެލޭނެ ގޮތް ހަދާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ވެބްސައިޓާއި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަން ނަމްބަރު ވަގުތުން މިހާރު ބެލޭނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮންމެ ހިދުމަތަކީ އާންމުންނަށް ފަސޭހަ އަދި ޒަމާނީ ހިދުމަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް