ޖޭޕީގެ ރަނިންމޭޓު އިއުލާނު ކުރުން މިމަހު 10 ގައި!

އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބުގައި ނެރޭ ރަނިންމޭޓު މިމަހު 10 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެކްރެޓަރީ...

03 Jul 2018 | 07:42

އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބުގައި ނެރޭ ރަނިންމޭޓު މިމަހު 10 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެކްރެޓަރީގެ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރަނިންމޭޓަކަށް ހޮވާނެ ބޭފުޅަކާއި މެދު ގޮތްތައް ނިންމުމަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތަކާއި ކަންކަން ކުރަމުންދާކަމަށެވެ. ސަމީރު ވިދާޅުވީ މަޤާމަކަށް ވާދަކުރުމުގެ ފުރުސަތު ޖޭޕީގެ ހުރިހާ މެމްބަރުންނަށްވެސް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަގާމަށް އަންނަން ބޭނުންވާ ގިނަ މެންބަރުންތަކެއް އެ ޕާޓީގައި އެބަތިއްބެވި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބޭފުޅަކު ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، ގޮތެއް ނިންމުމަށް ފަހު މިމަހުގެ 10 ވަނަ ދުވަހު ރަނިންމޭޓުގެ ނަން އިއުލާނު ކުރާނެ ކަމަށެވެ.

ޖޭޕީގެ ފަރާތުން އިދިކޮޅު ރަނިންމޭޓުގެ ގޮތުގައި ނެރެން ފެންނަ ބޭފުޅުންނަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންދާއިރު އެންޓީ ކެމްޕެއިންވެސް ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ސަމީރު ވިދާޅުވީ ތާއީދު ނުކުރައްވާ ބޭފުޅުންގެ އަބުރާއި ގަދަރާއި ކަރާމާތަށް އުނިކަން އަންނަގޮތަށް ކަންކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޖޭޕީން ކަނޑައަޅަންވީ ރަނިންގމޭޓަކު ޖޭޕީގެ މެމްބަރުން ނޫން އެހެންބަޔަކު ދައްކާނަމަ ނުވަތަ އެކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ އެކަން ގަބޫލު ނުކުރެއްވޭކަމަށެވެ.

ޖޭޕީގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައެޅުމަށް ސޯޝަލް މީޑިއާގައި ދަނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި ކާށިދޫ ދާއިރާގެ މެންބަރު ފައސަލް ނަސީމަށް ކެމްޕެއިން ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ތާއީދު ލިބެމުންދަނީ އަލީ ހުސައިން އަށެވެ.

އިދިކޮޅުން ގުޅިގެން ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނެރެން ނިންމާފައިވާއިރު އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް